އާ އަހަރާ ދިމާކޮށް ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ބަނގުރާ ބޯން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހުމަދު އަނިޝް (22)، އިބްރާހިމް އަކްމަލް އަބްދުއްސައްތާރު (19) އަދި އިސްމާއިލް މަހީން މުސްތަފާ (26)ކަމަށެވެ.
އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ގ. ރެއިންބޯ ގޭގައި ގަވާއިދާހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



