ޖެނުއަރީ 5, 2025

ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި

ފ. ދިގުވަރަށް ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ދިގުވަރުއަށް ދަތުރު ގޮސް އުޅުނު ބަޔަޖކު ހާލުގައި ޖެހިފައި ތިބިކަމަށް ފ. ފީއަލީ ޕޮލިސް ޕޯސްޓަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި، ފީއަލީ ކައުންސިލް އަދި އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ހާލުގައި ޖެހުނު މީހުން ފީއަލިއަށް ގެނެސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން މިއަދުގެ މޫސުމާ ބެހޭގޮތުން ބުނީ އެންމެ ދެކުނުގެ ބައެއް ރަށްތަކަަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށް، އަދި ބައެއް ރަށް ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެން ހިސާބު ތަކަށް އުތުރާއި އިރުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މެލު ދެމެދުގެ ބާރުމިނުގައި ވައިގެޖެނެ ކަމަށާއި، އެހެނަ ހިސާބު ތަކަށް ގަޑިއަކު 15 ޟޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތް ގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ.

ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފަ އެވެ. އުތުރުގެ އަތޮޅު ތަކަށް ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވެ އިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅި ތަކަށް ރާޅުގެ އިސްމިން 5 ފޫޓާއި 7 ފޫޓު ދެމެދުގައި ޢުޅޭނެ ކަމަށާ ވަނީ ލާފާ ކޮށަފަ އެވެ.

މީގެ އިތުރުން މެޓް އިން ވަނީ މިއަދުގެ ހެނދުނު 6:30 އިން 11:30 އަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މި ހުދު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މިއާއެކު ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުންތަކާއި ސަލާމުތަކަށް އިސްކަންދިނުމަށް މެޓްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.