ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު އޮރެންޖް އިންޒާރުގައި ބުނެފައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަަށް ލަފާ ކުރެވޭ ކަމަަށެވެ.
މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 7:00 އަށެވެ.
މީގެ އިތުރުން މެޓް އިން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.



