ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކާގޯ އެތެރެކުރީ ނިމިދިޔަ އަހަރު ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު ފޭސްބުކުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 217،330 ކާގޯ މިދިޔަ އަހަރު ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށެވެ. ވަޖީދު ވިދާޅުވީ އޭގެ ތެރެއިން 66،639 ޓީއީޔޫސްގެ ކާގޯއަކީ ކޮންޓެއިނަރައިޒް ކާގޯ ކަމަށާއި ދެ ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ޖެނެރަލް ކާގޯ ކަމަށެވެ. އަދި 150،692 ފްރެއިޓް ޓަނުގެ ކާގޯ އެތެރެކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ 2023 ވަނަ އަހަރާ ބަލާއިރު، ކޮންޓެއިނަރައިޒްޑް ކާގޯއިން 7 އިންސައްތަ އަދި ޖެނެރަލް ކާގޯ 29 އިންސައްތަ އިތުރުވުމެއް ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގެ އިގުތިސޯދަށް ދިރުން އައިސްފައިވާކަން ދައްކުވައިދޭ އެއް ތަފާސްހިސާބު ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ. އަދި މި އަހަރު ގިނަ ޕްރޮޖެކްޓުތަކެއް ފެށުމުން، އިގުތިސޯދަށް އިތުރު ކުރިއެރުން ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި ކުރިއެރުމާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ކާގޯގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ، ޕްރޮޖެކްޓްތަކަށް ދަތިނުވާނެ ގޮތަށް ކާގޯ މެނޭޖްކުރުމަށް އެމްޕީއެލުން މިހާރު ތައްޔާރުވަމުންދާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
މީގެކުރިން ރާއްޖެއަށް އެންމެ ގިނައިން ކާގޯ އެތެރެކުރިކަމުގެ ރިކޯޑު ގާއިމުކޮށްފައިވަނީ 2018 ވަނަ އަހަރުގަ އެވެ. އެ އަހަރުގައި ޖުމްލަ 186،671 ކާގޯ އެތެރެކޮށްފައިވެ އެވެ. އެއީ 63،002 ޓީއީޔޫސްގެ ކޮންޓެއިނަރާއި 123،669 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ އެވެ.
ޖެހިގެން އައި 2019 ވަނަ އަހަރު އެ އަދަދުތަކަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ވަޖީހް ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާ ދީފި، ފުރިހަމަ
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި