ބޯ ވާރޭ އާއި އުދައިގެ ސަބަބުން ހަ ރަށެއްގައި ފެންބޮޑުވެެއް ޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ ރަށްތަކަކީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ. ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ.މީދޫ،ފ.ނިލަންދޫ އަދި ފ. މަގޫދޫ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ރަށްތަކުގައި ބޮޑުވި ފެންފަނޑު ހިންދުމުގެ މަސައްކަތް ސިފައިންނާއި އާންމުންނާއި ކައުންސިލުން ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއޭއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެއްވެސް މީހެއްގެ ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށެވެ.
މޫސުން ގޯސްވެ، އިއްޔެވެސް މާލެ އާއި ބައެއް ރަށްރަށުގައި ފެންބޮޑުވެފައި ވެއެވެ. މެޓް އިން ވަނީ އާދީއްތަ ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.



