މިހާރު ކުރައްމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަން ދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަސު ބުނީ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެންވެ، ފެންގަނޑު ހިނދި، އާއްމު ހާލަތަށް ބަދަލުވަންދެން ބަރު އުޅަނދު ނުދުއްވަން ވަނީ އެދިފައެވެ.
ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވަން ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު މެންދުރާއި ހަވީރު މާލެއަށް ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. މާލޭގެ ރިންގް ރޯޑުގައި ވެސް މީގެ ކުރިން ފެންބޮޑުނުވާ ވަރަށް މިއަދު ވަނީ ފެންބޮޑުވެފައެވެ.
ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ދަނީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފައެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން ރީނދޫ އެލާޓް ނެރެފަ އެވެ.

3 Comments
ގުޅުންހުރި
އެއްބާރުލުން ނުދޭ ވާހަކައަކީ ދޮގެއް، ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް
އިންޑިއާ މީހެއްގެ އަތުން ފުލުހުން ހިފެހެއްޓި އެއް މިލިއަން ރުފިޔާގެ ބޭރު
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
މާރަމާރީގެ ތުހުމަތައް ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި