މާލެއަށް މިއަދު ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެފައިވާއިރު، މިހާތަނަށް 10 ހާހެއްހާ ޓަނުގެ ފެން އެ މަގުތަކުން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މާލޭގެ ހަ ސަރަހަދެއްގައި ޕަމްޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވެސްޓް ޕާކް ސަރަހައްދުގައި ފަސް ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ފަސް ޕަމްޕާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ތިން ޕަމްޕާއި ބޮޑު ވަޅާއި މާފަންނު ފެރީ ޓާމިނަލް އަދި ދިވެހިރާއްޖޭގެ އަޑު ސަރަހައްދުގައި ޕަމްޕެއް ބަހައްޓައިގެން އަންނަނީ ފެން ހިންދަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ފެންހިންދުމުގެ މަސައްކަތުގެ ތެރެއިން މިރޭ 8:30 އާ ހަމައަށް މުޅި މާލެއިން 9،917 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދަށް މިއަދުގެ ހެނދުނު 11:00 އިން ފެށިގެން ވެހެމުންދާ ބޯ ވާރޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. ގޭގެ އާއި ފިހާރަތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ހާއްސަކޮށް މާފަންނުގައި ފެން ބޮޑުވެ، ގިނަ ގެތަކަށާއި ފިހާރަތަކަށް ފެންގަނޑު ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
މެޓް އޮފީހުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ އަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގަ އެވެ. އެއީ 60 މިލިމީޓަރުގެ ވާރޭ އެވެ.
1 Comment
ގުޅުންހުރި
ފެން ހިންދުން ލަސްވުމުން އާއްމުން ނުކުމެ ރަސްފަންނާ ދިމާލުން ކޯރެއް ކަނޑައިފި
މިއަދު މާލެއަށް ރިކޯޑު އަދަދަކަށް ވަނީ ވާރޭ ވެހިފައި: މެޓް
މާލޭ ފެނު އަޑީގައި، 3 ސަރަހައްދެއްގައި 9 ޕަމްޕު ބަހައްޓައިގެން ފެން
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް
ދަތުރުގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނިީ ދިއްފުއްޓަށް