އިއްޔެ މާލެއަށްކުރި ބޯ ވިއްސާރައިގައި މަޖީދީ މަގުގައި ބޮޑުވެ، ފިހާރަތަކަށް ފެންވަދެ މުދާތަކަށް ގެއްލުންވަމުންދާތީ އާއްމުންގެ ބަޔަކު ނުކުމެ ރަސްފަންނާ ދިމާލުން ޕޭވްމަންޓް ކައިރިން ކޯރެއް ކަނޑައިފި އެވެ.
އާންމުން ކޯރު ކަނޑައިފައިވަނީ ސޯޝަލް ސެންޓަރު ކައިރިން ރަސްފަންނު ސަރަހައްދަށް ވަންނަ ދިމާލުންނެވެ. ތިރީހަށް ފޫޓުގެ އެ ކޯރު މިހާރު ވަނީ ރަސްފަންނު މޫދާ ހިސާބަށް ކަނޑައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކޯރު ކެނޑުމުގެ މަސައްކަތް ކޮށްފައިވަނީ މާފަންނު ކޮޅުގައި ފިހާރަ ހިންގާ ބަޔެކެވެ. އެ މީހުން ކޯރު ކެނޑީ މާފަންނު ކޮޅުން ފެންގަނޑު ނުހިންދި ލަސްވަމުންދާތީ އެވެ.
މާފަންނު ކޮޅުގައި ފިހާރައެއް ހިންގާ ފަރާތަކުން ބުނީ އޭނާ ހިންގާ ފިހާރައިގެ އެތެރެއަށް ފެންގަނޑު ގިނަ މުދާތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ފިހާރައިގެ ގުދަނަށް ވެސް ފެންވަދެ ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ބުންޏެވެ. އެހެންވެ ބައެއް މުދާތަށް މިހާރު އުކައިލަން ނިންމައިފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިއަދު މެންދުރު ވާރޭ ވެހުނުއިރު މަގުގައި ބޮޑުވި ފެންގަނޑު ފިހާރަ ތެރެއަށް ވެދަފައިވާ ކަމަށެވެ. އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަށީގެންވާ ބާރު މިނެއްގައި ފެންގަނޑު ނުހިދޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މެންދުރު ގުޅައިފައި ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް މިރޭ 8:00 ޖެހުމާ ހަމަޔަށް ވެސް ވެލިބަސްތާ ޖަހައިދީފައިނުވާ ކަމަށެވެ.
އެހެންވެ މާފަންނުގައި ފިހާރަ ހިންގާ އިތުރުބަޔަކާއި ގުޅިގެން ކޯރެއް ކެނޑީ ކަމަށް އޭނާ ބުންޏެވެ. ކޯރު ކެނޑުގައި ދެން ބައިވެރިވި މީހުންގެ ފިހާރަތަކަށް ވެސް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
5 Comments
ގުޅުންހުރި
226 މީހަކަށް ވަގުތީ ހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީފިން: އެންޑީއެމްއޭ
މާލޭގެ މަގުތަކުން 10،000 އެއްހާ ޓަނުގެ ފެން ބޭރުކޮށްފިން: އެމްއެންޑީއެފް
މިއަދު މާލެއަށް ރިކޯޑު އަދަދަކަށް ވަނީ ވާރޭ ވެހިފައި: މެޓް
ވިއްސާރަ އަލިވާނީ ހޯމަ ދުވަހު: މެޓް އޮފީސް
ފެން ހިނދި އާއްމު ހާލަތަށް ބަދަލުވަންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ
މާލޭ ފެނު އަޑީގައި، 3 ސަރަހައްދެއްގައި 9 ޕަމްޕު ބަހައްޓައިގެން ފެން