ހުޅުމާލޭގައި މިދިޔަ މަހު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެ އެކްސިޑެންޓް ހިނގައިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގަ އެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.
އަދި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.




ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!