ކޮންޓްރެކްޓަރު ފައިސާ ހަމަޖައްސާ ގޮތަށް ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ވަސީލަތްތައް ގާއިމް ކުރަން ޗައިނާގެ ކުންފުންޏަކާ އެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގުޅިފަޅު ހިއްކާފައި އޮތްބައިންނާއި އަލަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ވަނީ ގޯތިތައް ދޫކޮށްފަ އެވެ. ގޯތި ދޫކުރިނަމަވެސް، މިހާތަނަށް އެ ތަނުގެ އަސާސީ ހިދުމަތްތައް ގާއިމުކޮށްފައިނުވެ އެވެ.
އެހެންވެ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ މަސައްކަތްތައް ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏާއި ހަވާލުކޮށްފަ އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީއެމްއީސީއާ އެކު ހެދި އެމްއޯޔޫގެ ދަށުން އެކުލަވައިލި އެއްބަސްވުމެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ސީއެމްސީން ގުޅިފަޅުގައި ގާއިމްކުރަން ނިންމާފައިވާ ކަންކަން؛
– އިލެކްޓްރިސިޓީ ޑިސްޓިބިޝަން ނެޓްވޯކް ގާއިމްކުރުން.
– ފެނާއި ނަރުދަމާ އަދި ފެން ހިނދާ ނިޒާމް ގާއިމްކުރުން.
– މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން.
– ގޭސް ސްޓޯރޭޖް އަދި ޑިސްޓިބިއުޝަން ނެޓްވޯކް ގާއިމް ކުރުން.
މިނިސްޓަރު ވިދާޅުވީ ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަކީ މާލޭގެ ތޮއްޖެހުން ހައްލު ކުރަން އިސްކަން ދޭ ކަމުގެ ރަމްޒެއް ކަމަށެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން ފަސޭހަކުރުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި