އިންޑިޔާއިން އަލަށް ރާއްޖެއަށް ކަނޑައެޅި ސަފީރު ޖީ. ބަލަސުބްރަމަނިއަން މިއަދު އޭނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފަ އެވެ.
މި ރަސްމިއްޔާތުގައި އިންޑިޔާ ސަފީރުވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުމުގެ ހާރިޖީވަޒީރު ސުބްރަމާނިޔަން ޖައިޝަންކަރުގެ ވެދުމާއި ސަލާން ރައީސް މުއިއްޒަށް ރައްދު ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މަގާމުގެ ފަތްކޮޅު އެރުވުމަށް ފަހު، އިންޑިއާގެ އާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ހެޔޮ އެދުންތައް ރައީސް މުއިއްޒަށް ރައްދު ކޮށްދެއްވާފައި ކަމަށެވެ.
ރައީސް މުއިއްޒާއި ސަފީރު ވަނީ ރާއްޖެ-އިންޑިއާގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި އެ ގައުމުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު