ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ މީހަކު މަރާލީ ކަމަށް އޭނާގެ އާއިލާ އިން ތުހުމަތުކޮށް އެ މައްސަލަ އިންޑިއާގެ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މަރުވެފައިވާ މީހާއަކީ އިންޑިއާގެ ހްރްޔާނާ ސްޓޭޓުގެ ޖަގަދްރީ ސިޓީއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ރަވިންދުރަ ސަހާނީ އެވެ.
އެކަމާ ގުޅިގެން ދިވެހިން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ރަވިންދުރަ ސަހާނީ މަރުވެފައިވަނީ އޭނާ މަސައްކަތް ކުރަމުންދިޔަ ރިސޯޓުގެ ފާހާނާގައި އަމިއްލައަށް ދަންޖެހިންގެން ކަމަށެވެ.
ނަމަވެސް ރަވިންދުރަ ސަހާނީގެ އާއިލާއިން ތުހުމަތުކުރަނީ އޭނާ މަރައިލީ ކަމަށެވެ. އެގޮތުން އޭނާ މަރައިލައިފައިވަނީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ކަމަށް ތުހުމަތުކޮށް އެ އާއިލާއިން ވަނީ މައްސަލަ އިންޑިއާއަށް ފުލުހަށް ހުށަހަޅައިފަ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަވިންދުރަ މަރުވި ކަމުގެ ހަބަރު އާއިލާއާ ހިއްސާކުރީ އޭނާއާ އެއް ކޮޓަރިއެއްގައި އުޅުނު ޝަމްބޫ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ. ރަވިންދުރަގެ ހަށިގަނޑު މިހާތަނަށްވެސް އާއިލާއާ ހަވާލުކޮށްފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ރަވިންދުރަ މަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު އިންޑިއާއަށް ދިއުމަށްފަހު ޑިސެމްބަރު 14 ވަނަ ދުވަހު ރާއްޖެ ދިޔަ ފަހުން ކަމަށްވެސް އާއިލާއާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގުޅުންހުރި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް
އިންޑިއާގައި މާބަނޑު މީހަކު ރޭޕްކޮށްފި، ކުށްކުރީ ފުލުހެއް!
މީހަކު މަރާލި އިންޑިއާ ދެ މީހަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި
އިންޑިއާގައި 7 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މީހަކު ދަންޖައްސައި މަރަން
އުފާ ފާޅުކުރުމުގެ ތެރެއިން ޖެހި ބަޑިއަކުން ދެ އަހަރުގެ ކުއްޖަކު މަރުވެއްޖެ
އިންޑިއާގައި އަންހެނަކު ރޭޕްކޮށް އަންދާލައިފި، ކުށް ކުރުމުގައި އިސްކޮށް ހުރީ ޅިޔަނު!