ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ ތިންވަނަ ބުރު އިއްޔެ ފަށައިފި އެވެ.
އާރުޑީސީން ބުނީ، ބިނާވެހި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ޖުމުލަ ފަސް ބައިވެރިން ބައިވެރިވާ ކަމަށެވެ. ހަ މަސް ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދޭނެ ކަމަށްވެސް ބުންޏެވެ.
ބިނާވެހި ޕްރޮގުރާމް ހާއްސަކޮށްފައިވަނީ ސާނަވީ އިމުތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ މީހުންނަށެވެ.
މަސައްކަތުގެ މާހައުލަށް ހާނުވައި، މަސައްކަތުގެ މާހައުލަށް ނުކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައިސީޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން އަދި އެޗްއާރުގައި މަސައްކަތް ކުރާނެ އެވެ.
އޭގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިން، ޕަބްލިކް ރިލޭޝަންސް ވެސް ހިމެނެ އެވެ.

ގުޅުންހުރި
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!