ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ 45 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ބިޕާޝާގެ އުފަން ދުވަހަކީ 7 ޖެނުއަރީ 1979 އެވެ. އޭނާ އިންސްޓަގުރަމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި އުފަން ދުވަސް ފާހަގަކުރަން ބިޕާޝާ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އަދި ދަރިފުޅު ދޭވީ ބާސޫ ސިންގް ގްރޯވަރު އައިސްފައިވަނީ ޅ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ފުށިފަރު މޯލްޑިވްސް އަށެވެ.
ބިޕާޝާ އިއްޔެ ވަނީ އޭނާގެ އުފަން ދުވަހުގެ ކޭކު ފަޅާ ފޮޓޯއަކާއި ކޭކުގެ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ. ފޮޓޯ އިން ފެންނަ ކޭކުގައި ޖަހާފައި އިންނަނީ ’ހެޕީ ބާތްޑޭ މަންކީ މަންމީ“ އެވެ.
ބިޕާޝާ ދަނީ އޭނާގެ އިންސްޓަގުރާމް ފޭނުންނަށް ރާއްޖޭގައި ފާހަގަކުރަމުން އަންނަ އޭނާގެ އުފަން ދުވަހުގެ ފޮޓޯތަކާއި ވީޑިއޯތައް އަޅަމުންނެވެ. އެގޮތުން ބިޕާޝާ މިދިޔަ ހޮނިހިރު ދުވަހު އިންސްޓަގުރާމް ސްޓޯރީއަށް ލާފައި އިން ފޮޓޯއެއްގައި ބުނެފައިވަނީ މިއީ ’ފާކެޓް‘ އުފަން ދުވަހެއް ކަމަށާއި ބޭނުންވަނީ ފިރިމީހާއާއި ދަރިފުޅު އަދި އިރުގެ ދޯދިތަކާއި ފެން ކަމަށެވެ.
ބިޕާޝާ ވަނީ ދަރިފުޅު ދޭވީ އޭނާއަށް އުފަން ދުވަހުގެ ލަވަ ކިޔައިދޭ ވީޑިއޯއެއްވެސް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އާއެކު ބިޕާޝާ ބުނެފައިވަނީ އެއީ އޭނާއަށް ލިބުނު އެންމެ ހިތްގައިމު އުފަން ދުވަހުގެ ތަހުނިޔާ ކަމަށެވެ.
ބިޕާޝާގެ އެހެން ޕޯސްޓެއްގައި އޭނާ ވަނީ ދަރިފުޅު ދޭވީއަކީ ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމަށްވެސް ބުނެފަ އެވެ. އަދި އެކަމަށް ކަރަންއަށް ޝުކުރުވެސް އަދާކޮށްފައިވެ އެވެ.




ގުޅުންހުރި
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
ކުލިނިކަކުން ދަތް ނެގި މީހަކު ކުއްލިގޮތަކަށް ނިޔާވި މައްސަލައެއް ބަލަނީ
ވަގުތީ ޗެއާޕާސަނަކަށް އިބޫގެ ފެކްޝަނުން ހުށަހެޅި ގަޕޯގެ ނަމަށް ފައްޔާޒްގެ ތާއީދު
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް
ލ. ގަމުގެ އިންޖީނު ގޭގައި ރޯވެ އަނދަނީ، މުޅި ރަށް ކަރަންޓަށް