މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނު އއ. ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. ފެން ހިންދުމަށް އެމްއެންޑީއެފުން މާލޭގެ އަށް ސަރަހައްދެއްގައި ޕަމްޕު ޖަހައިގެން މަސައްކަތް ކުރި އިރު، މިއަދުގެ ހެނދުނު ހަޔަކާ ހަމައަށް 6،835 ޓަނުގެ ފެން ހިއްކާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އޭގެ އިތުރުން މާލޭގެ ދެ ސަރަހައްދެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރި އިރު، 46 ގެއަކަށް ވަނީ އެހީވެފަ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ޔެލޯ އެލާޓްވެސް ނެރެފަ އެވެ.
ގުޅުންހުރި
ވިއްސާރައާ ގުޅިގެން ސްޓެލްކޯ އިން ޓާސްކުފޯހެއް އެކުލަވާލައި ތައްޔާރުވެއްޖެ
ފެންބޮޑުވެދާނެތީ ވެލި ބަސްތާ ޖަހައި ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
ފެން ހިންދުން ލަސްވުމުން އާއްމުން ނުކުމެ ރަސްފަންނާ ދިމާލުން ކޯރެއް ކަނޑައިފި
މާލޭގެ މަގުތަކުން 10،000 އެއްހާ ޓަނުގެ ފެން ބޭރުކޮށްފިން: އެމްއެންޑީއެފް
މިއަދު މާލެއަށް ރިކޯޑު އަދަދަކަށް ވަނީ ވާރޭ ވެހިފައި: މެޓް
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް