ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސަރުކާރު ހިންގާ ޕީއެންސީ އަށް ބަދަލުކޮށްފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ޑެޕިއުޓީ އިބްރާހިމް ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވެސް މިހާރު ޕީއެންސީއަށް ވައްދަން ފަށައިފައިވާ ކަމަށެވެ.
”މީދެން ތަންކޮޅެއް ބޮޑުވަރު، މިއަދު އިރުއެރި އިރު މިއޮތީ އަޅުގަނޑުމެންގެ މަޖިލިސް މެންބަރު ފިއްޓޭ ވަގަށް ޕީއެންސީއަށް ވައްދާފައި. އިންތިހާބުވި ޕާޓީ ބަދަލުކުރި ކަމަށް ހަދާފަ ދެން ފިއްޓޭގެ ގޮނޑި ގެއްލުވާލައި“ އިބުރޭ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވީ ފިއްޓޭ، ޕީއެންސީއަށް ސޮއިކުރި ކަމަށް ބުނާ ފޯމުގައި ޖަހާފައިވަނީ މުއްދަތު ހަމެވައިވާ އައިޑީކާޑުގައި ޖެހުމަށް ޑީއެންއާރަށް ހުށަހަޅަައިފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެއީ ހޯމްލޭންޑް މިނިސްޓްރީން ކޮށްފައިވާ ވައްކަމެއް ކަމަށް އިބުރޭ ވިދާޅުވި އެވެ.
އީސީގެ ތެރެއިން ދަނީ ޕީއެންސީން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ބަލައިގަންނަމުން ކަމަށެވެ.
އީސީން މިއަދު ބުނީ ފިއްޓޭއަށް ނޭނގި އޭނާ ޕީއެންސީއަށް ވެއްދި މައްސަލަ އީސީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އީސީން ބުނީ ފިއްޓޭ، އެހެން ޕާޓީއަކަށް ބަދަލުކުރީ އޭނާއަށް ނޭނގި އޮޅުވާލައިގެން ކަމަށް ތުހުމަތުވާތީ ގޮނޑި ގެއްލޭ ހާލަތު ވުޖޫދު ވެފައިނުވާ ކަމަށެވެ.


					

2 Comments
ގުޅުންހުރި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
މުޒާހަރާ ހުއްޓުވަން އުޅުނު ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާތީ ފުލުހުންގެ
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން
އެމްޑީޕީ މުޒާހަރާ: ކުރީގެ މެންބަރު ޔައުގޫބާއި ޔާސިރު ހިމެނޭހެން 6 މީހަކު
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!