ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތައް ހިންގިދާނެ ކަމަށް ކަނޑައަޅައިފި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ފާސްކުރީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނު ބުނެފައިވާ ގޮތުން، އިންވެސްޓްކުރަން ޖެހޭ ދާއިރާތަކާއި އަދަދު ކަނޑައަޅުއްވާނީ ރައީސެވެ. އަދި ކޮންމެ އަހަރެއްގައިވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާން ކުރަންޖެހެ އެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެސްއީޒެޑެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅުއްވައި ގަރާރެއް ނެރުއްވައިފަ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުގައި އެސްއީޒެޑްގައި ގާއިމުކުރެވޭނީ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭ ގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ޖުމުލަ 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިއަން ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށެވެ.

ގުޅުންހުރި
ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއް ފަހުމީއަށް
މަހުލޫފް އެމްޑީޕީން ވަކިވެއްޖެ
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން ރައީސް ހުށަހަޅުއްވައިފި
އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަނީ
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް