ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސަރުކާރު ހިންގާ ޕީއެންސީ އަށް އޭނާއަށް ނޭނގި ވައްދައިފައިވަނިކޮށް އަލުން އަނބުރާ އެމްޑީޕީއަށް ވައްދައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ޑެޕިއުޓީ އިބްރާހިމް ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވެސް މިހާރު ޕީއެންސީއަށް ވައްދަން ފަށައިފައިވާ ކަމަށެވެ.
”މީދެން ތަންކޮޅެއް ބޮޑުވަރު، މިއަދު އިރުއެރި އިރު މިއޮތީ އަޅުގަނޑުމެންގެ މަޖިލިސް މެންބަރު ފިއްޓޭ ވަގަށް ޕީއެންސީއަށް ވައްދާފައި. އިންތިހާބުވި ޕާޓީ ބަދަލުކުރި ކަމަށް ހަދާފަ ދެން ފިއްޓޭގެ ގޮނޑި ގެއްލުވާލައި“ އިބުރޭ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވީ ފިއްޓޭ، ޕީއެންސީއަށް ސޮއިކުރި ކަމަށް ބުނާ ފޯމުގައި ޖަހާފައިވަނީ މުއްދަތު ހަމެވައިވާ އައިޑީކާޑުގައި ޖެހުމަށް ޑީއެންއާރަށް ހުށަހަޅަައިފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެއީ ހޯމްލޭންޑް މިނިސްޓްރީން ކޮށްފައިވާ ވައްކަމެއް ކަމަށް އިބުރޭ ވިދާޅުވި އެވެ.
އީސީން މިއަދު ބުނީ ޒިޔާދު، ޕީއެންސީއަށް ވައްދާފައިވަނީ ދިޔަ މަހު 23 ގައި ކަމަށެވެ. އީސީން ބުނީ ޒިޔާދު ޕާޓީ ބަދަލުކުރިކަން ނޭނގުނީ މަޖިލިސް އިންތިހާބަށް ފަހު ކުރީގެ މެންބަރުން އެލާޓް ނިޒާމުގައި ހިމަނާފައިވާ ލިސްޓުން އުނިކުރުމުން ކަމަށެވެ.
”މި މަޖިލީހަށް އިންތިހާބުވި މެންބަރުން ލިސްޓަށް ހިމެނުމަށް ފަހު ދެން ކުރީގެ މެންބަރުން އެއިން ނެގީ މި. އެހެން ހެދީމަ މި ވީ ގޮތަކީ ދެވަނަ ދައުރަކަށް ހޮވުނު މެންބަރުން ލިސްޓުން ވެސް އުނިވެގެން ދިޔައީ. ޒިޔާދުގެ ނަން ވެސް އުނިވީ. އެއީ އަޅުގަނޑުމެންނަށް އިދާރީ ގޮތުން ހެދުނު ގޯހެއް،“ އީސީން ބުންޏެވެ.
އެފަދަ އެލާޓް ނިޒާމެއް އީސީން ގާއިމުކުރީ ކުރިން ވެސް މަޖިލިސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަތަކެއް ފާހަގަ ކުރެވިގެން ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ފިއްޓޭ، އެހެން ޕާޓީއަކަށް ބަދަލުކުރީ އޭނާއަށް ނޭނގި އޮޅުވާލައިގެން ކަމަށް ތުހުމަތުވާތީ ގޮނޑި ގެއްލޭ ހާލަތު ވުޖޫދު ވެފައިނުވާ ކަމަށެވެ.


 
					

ގުޅުންހުރި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
މުޒާހަރާ ހުއްޓުވަން އުޅުނު ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު އާންމުކުރާތީ ފުލުހުންގެ
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން
އެމްޑީޕީ މުޒާހަރާ: ކުރީގެ މެންބަރު ޔައުގޫބާއި ޔާސިރު ހިމެނޭހެން 6 މީހަކު
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!