މާލޭގެ ކެފޭއެއްގެ ތެރޭގައި އިން މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިން މީހަކު ހަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ މަރުވީ ކިހިނެތް ވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ މ. މޫން ޑްރޮޕްސް/ އަހުމަދު ޝަރީފު، 58 އަހަރެވެ.



