އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ދައުރުން ބޭރުން މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު ވަނީ އިއްވައިފަ އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހަށް ރުހުން ހޯދަން ފޮނުވާފައިވަނީ ރައީސަށް ފެނިވަޑައިގެންނެވި ދެ ނަމެވެ.
އޭސީސީއަށް އައްޔަން ކުރާ ދެ މެންބަރުން:
1. އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން
2. އާސިޔާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު
ނާޝިދަކީ 2021 ވަނަ އަހަރުން ފެށިގެން ޕޮލިސް ބޯޑުގައި އިންނަވާ މެންބަރެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކޮށްފައިވަނީ މި ސަރުކާރުންނެވެ.
އާސިޔާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް