އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަންޑާ ޑިސްޓްރިކްޓުގައި ހުންނަ ގެއަކަށް ތިން އަހަރުގެ ކުއްޖަކު ގެންގޮސް ރޭޕްކޮށްފި އެވެ.
ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން އެ ކުއްޖާ ރޭޕްކޮށްފައިވަނީ އަވަށްޓެރިއެއްގެ ގެއަކަށް ގެންގޮސްފަ އެވެ. އެކަން ކޮށްފައިވަނީ އަވަށްޓެރިއާގެ ފިރިހެން ރަހުމަތްތެރިއެއް ކަމަށާއި ރޭޕް ކުރި އިރު، އަވަށްޓެރިއާ ހުރީ ބަލަން ކަމަށްވެސް ބުނެފައިވެ އެވެ.
”އަހަރެމެންގެ ދަރިފުޅު ހުރީ ގޭ ބޭރުގައި ކުޅެން. ހުއްޓާ ޗޮކްލެޓާއި ޗިޕްސް އާ އެއްޗެހި ދީގެން ހައްދައިގެން ގެންގޮސް ރޭޕްކުރީ. ދަރިފުޅު ގެއަށް އައިސް ކުރިމަތި ފަރާތް ދައްކާފަ ތަދުވާ ވާހަކަ ބުނީ. އޭރު ގިނަ އަދަދަކަށް ލޭ އާދޭ،“ ކުއްޖާގެ މަންމަ ބުންޏެވެ.
ރޭޕްގެ ޝިކާރައަކަށްވި ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، އެ މައްސަލައިގައި ފުލުހުން ވަނީ އަވަށްޓެރިއާއާއި އޭނާގެ ރަހުމަތްތެރިޔާ ހައްޔަރުކޮށްފަ އެވެ.

3 Comments
ގުޅުންހުރި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ސަލާމަތްކޮށްފި
ޖެން ޒީންގެ ރުހުމާއެކު ނޭޕާލުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ