ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާ ގުޅިގެން އަލަށް މަގާމުތަކަށް އައްޔަން ކުރެއްވި ހަތަރު މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ނިންމައިފި އެވެ.
ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވީ މިދިޔަ މަހުގެ 26 ގައެވެ. މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ. އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ
- ހައުސިން މިނިސްޓްރީ އުވާލައި، ހައުސިންގެ ކަންކަން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކޮށް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު ހަމަޖެއްސުން
- ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު، ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލުކުރުން
- ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމަށް ބަދަލުކުރުން
- ޕްލޭނިންގެ ކަންކަން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރަކަށް މޫސާ ޒަމީރު ހަމަޖެއްސުން
އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މި މަހު 16 ވަނަ ދުވަހު ބޭއްވި ރައްޔުންގެ މަޖިލީހުގެ ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ބޭފުޅުނަށް މަޖިލީހުން ރުހުންދޭން ފާސްކުރި އެވެ.

1 Comment
ގުޅުންހުރި
ރައީސްގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަން ބަދަހިވުން
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
މިއަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ނިންމަވައިފި