ހިންދޫ ދީނުގެ ރޫހާނީ ފަރުވާއާއި ފާލުބެލުމުގެ ހިދުމަތް ރާއްޖޭގައި ދެމުންދިޔަ ގްރޫޕު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ރޫހާނީ ފަރުވާދެމެންދާ ކަމަށް ބުނެ އިސްތިހާރުކުރި ބިދޭސީންތަކެއް އިއްޔެ ހިފަހައްޓައިފައިވާ ކަމަށެވެ.
އެއީ އިންޑިއާގެ ތިން މީހެއް ކަމަށާއި އެ ތިން މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުތަކުގައި ބުނި ގޮތުގައި، އެ މީހުންނަކީ ފާލުބެލުމާއި ސިހުރު ރަނގަޅު ކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ބައެކެވެ. އެޕޮއިޓްމަންޓް ހެދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ޖަހާފައި ވެ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ.




ގުޅުންހުރި
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ
އިންޑިއާގެ އެކްޓަރު ވިޖޭގެ ސިޔާސީ އެއްވުމެއްގައި ފިތިގެން 39 މީހަކު މަރުވެއްޖެ
އަނބިމީހާ މަރާލުމަށްފަހު ފިލައިފި، ހަމަލާ ދިންއިރު ދަރިފުޅު ހުރީ ކައިރީގައި
މާލެއިން 932 ބިދޭސީން ޗެކުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު