ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތެރެއިގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ 13 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
އެ ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި ހުރުމުން މި ވަގުތު ފަރުވާ ދެމުން އަންނަނީ އެޑްމިޓުކޮށްގެންކަން ވެސް އެނގިފައިވެ އެވެ.
ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ.



