އެންިޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ލިބޭތީ، އެ ކޮމިޝަންގެ ތަހުގީގުތައް އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މިއަދު އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އޭސީސީގެ ތަހުގީގުތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ޕީޖީ އައްބާސް ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭހެން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އުނިކަން އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެހެންވެ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން އޭސީސީން ތަހުގީގުކުރާ އެންމެހައި ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ޕީޖީ އައްބާސް ވަނީ އަމުރުކުރައްވައިފަ އެވެ.
ޕީޖީގެ އަމުރުގައި، އެމްއެމްޕީއާރްސީ މައްސަލައާއި، ކޮވިޑް-19 ގައި ދައުލަތުގެ މުދަލާ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެ އެވެ.
މީގެ އިތުރުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގެއް ހިންގަން ވެސް ޕީޖީ ވަނީ މީގެކުރިން އޭސީސީ އާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

1 Comment
ގުޅުންހުރި
ދެ މީހަކު ޓެގު އެޅުވުމަށްފަހު ދޫކޮށްލައިފި، ބޮޑެތި ތުހުމަތުވާ މީހުންނަށް ލުޔެއް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނެގި މައްސަލަ 10 އަހަރު ފަހުން
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް
އޭސީސީން އެދިގެން، ޕޮލްކޯ ވެރިން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި