ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް މޮނިޓާކުރުންފަދަ ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ނުހިމެނޭ ކަމަށެވެ. އެފަދަ ބިލެއް ކުރިއަތް އޮތް ތަނުގައި ވެސް ސަރުކާރުން ހުށަނާޅާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
”ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް. ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު،“ ހީނާ ވިދާޅުވި އެވެ.
”މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން.“
ހީނާ އެގޮތަށް ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.
އެ އިންޓަވިއުގައި ނާޒިމް ވިދާޅުވެފައިވަނީ މީޑިއާތަކާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓްކުރުމާ ބެހޭ އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހައި ދުވަސްވެއްޖެ ކަމަށެވެ. އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލީސް ހުޅުވުމާ އެކު މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅައި، ހިޔާލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް