އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުން މިދިޔަ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޓުޓްކޮރިން ބަނދަރުން ޔޮޓެއްގައި ބަޔަކު ރާއްޖެއަށް 12 ކިލޯގެ ހަޝިޝް ތެޔޮ އެތެރެކުރަން ކުރި މަސައްކަތް ޑީއާރުއައިގެ އޮފިޝަލުން ވަނީ ހުއްޓުވައިފަ އެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އިންޑިއާގެ ފުލުހުންގެ ފޯސް ކަމަށްވާ، ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)ގެ މުވައްޒަފެއް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ޓުޓްކޮރިން އިން ޑްރަގާ އެކު ސައިކަލެއްގައި ދިޔަ ދެ މީހަކާއި ހަޝިޝް އޮއިލް އުފުލަން އެ ގްރޫޕުން ރޭވި ޔޮޓްގެ ފަޅުވެރިއެއް ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އިންޑިއާ ނޫސްތަކުގެ ބުނެފައިވާ ގޮތުގައި، ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1 ކްރޯޑް ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އެވެ. އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.




ގުޅުންހުރި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ