ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅަަައިފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓައިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދިގެންނެވެ.
އޭސީސީން އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދުނީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެންނެވެ. އޭސީސީން ވަނީ އެ ތަހުގީގުގެ ތެރެއިން އަކްރަމް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ.
ޕާަސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމްގެ ފާހަަގަކުރައްވާފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް އަކްރަމް ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
އޭނާއަކީ މިހާރު ވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސިޔާސީ ގޮތުން ޖަވާބުދާރީ ވަމުންދާ މީހެއް ކަމާއި މީގެ ކުރިން ވެސް ފިލައިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އަކްރަމްގެ ފަރާތުން އެދިފައި ވަނީ އެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ އެ އަމުރު ބާތިލުކޮށްދިނުމަށެވެ.

1 Comment
ގުޅުންހުރި
މައިފޫނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކުރަން ޕީޖީއަށް ފޮނުވައިފި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
އޭސީސީއަށް ހައިކޯޓުން ވެސް ނާކާމިޔާބު، ޕޮލިސް ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ނުދިން
ތިނަދޫ ކައުންސިލުން ހެދީ ދޮގެއް، ތަހުގީގެއް އެއްބާރުލުމެއް ދީފައިނުވޭ: އޭސީސީ