ސައުދީ އަރަބިއްޔާގެ ޝާހީ ހާންދާނަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުހައްމަދު ބިން ފަހުދު އަލް ސައުދު އަވަހާރަވުމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަޒުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ފޮނުއްވި މެސެޖުގައި ވަނީ އަލްމަރުހޫމް އަލްއަމީރު މުހައްމަދު، އިޖުތިމާއީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނާއި، އަދި މީގެތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހި ކޮށްދެއްވުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮށްދެއްވާފައިވާ މިންނެތް މަސައްކަތްތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައިވަނީ، އަލްއަމީރު މުހައްމަދު ބިން ފަހުދު އަލް ސައޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން، އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.
އަލްއަމީރު މުހައްމަދު ބިން ފަހުދު އަލް ސައޫދު އަވަހާރަވެފައިވަނީ އުމުރުފުޅުން 75 އަހަރުގަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް