ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އިހަވަންދޫގައި ހޮސްޕިޓަލެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހަދަން އެންމެ ފުރަތަމަ ވައުދުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ތިރީސް އެނދުގެ ހޮސްޕިޓަލް އިމާރާތަކާއި ސާވިސް އިމާރާތަކާއި އެކޮމޮޑޭޝަން އިމާރާތެއް ހިމެނޭ ގޮތަށް ޖުލައި 2023 ވަނަ އަހަރު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުވެސް ކުރި އެވެ.
އެއީ ދޮޅު އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއުއެއް ނަމަވެސް ދައުރު ހަމަވި އިރުވެސް ހޮސްޕިޓަލް ނިމިފައެއް ނުވެ އެވެ.
އިހަވަންދޫ ހޮސްޕިޓަލް ހަދަން އާރްޑީސީއާ މިއަދު ހަވާލުކުރީ ރައީސް ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެންނެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާއި އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެވެ.
އާރްޑީސީން ބުނާ ގޮތުގައި މިއީ ދެ ބުރިއަށް ހަދާ އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމަން ދީފައިވަނީ 18 މަސް ދުވަހެވެ. ނަމަވެސް މި މަޝްރޫއުގެ އަގެއް ހެލްތް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.




ގުޅުންހުރި
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ހެދި ފުރަތަމަ ސެންޓަރު ހުޅުވައިފި
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ:
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު