އިންޑިއާގައި ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާ ދޭން އެ ވަގުތު ހުރި ޑޮކްޓަރު ފޯނާ ކުޅެން އިނުމުގެ ސަބަބުން އެ ޕޭޝަންޓް މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައިވަނީ މެއިންޕޫރީ ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ އަންހެނެކެވެ. ހޮސްޕިޓަލުގެ އެމަޖެންސީ ވޯޑުގައި ގާތްގަނޑަކަށް 15 މިނެޓު ވަންދެން އޭނާ މަރާ ހަނގުރާމަ ކުރަމުންދިޔަ އިރުވެސް އޭނާއަށް ފަރުވާ ދޭން ޑޮކްޓަރު އައިސްފައެއް ނުވެ އެވެ.
އެ އަންހެން މީހާގެ އާއިލާއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވާ ގޮތުން އެ ޕޭޝަންޓަށް ފަރުވާ ދިނުމުގެ ބަދަލުގައި އެ ވަގުތު އެމަޖެންސީ ވޯޑުގައި ހުރި ޑޮކްޓަރު އިރުޝާދު ދިނީ އެތަނުގައި ތިބި ނަރުހުން އެ ޕޭޝަންޓުގެ ކަންކަން ބެލުމަށެވެ. އަދި ޑޮކްޓަރުގެ އެހީއަށް އާއިލާ އިން ތަކުރާރުކޮށް އެދި, އާދޭސް ކުރުމުން ވެސް އެކަމަށް އަޅާނުލައި ފޯނާ ކުޅެން އިން ކަމަށްވެސް ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން އަންހެން މީހާގެ ހާލަތު ގޯސްވެގެން ދިޔައިރުވެސް އެކަމާ ޑޮކްޓަރު އަޅާނުލުމުން އަންހެން މީހާގެ ފިރިހެން ދަރިއަކު އެކަމާ ރުޅި އައިސްގެން އަޑުގަދަ ކުރި އެވެ. އެކަމާ ހިތްހަމަނުޖެހިގެން ޑޮކްޓަރު އެ ފިރިހެން މީހާގެ ގައިގާ ޖެހުމުން ހޮސްޕިޓަލް ތެރޭގައި ހަމަނުޖެހުން ހިންގި ކަމަށާއި އެކަން ކޮންޓްރޯލް ކުރީ ފުލުހުން ގެނެސްގެން ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ހުރިހާ މަންޒަރެއް އެމަޖެންސީ ވޯޑުގައި ހުރި ސީސީޓީވީ ކެމެރާއަށް ރެކޯޑް ކުރެވިފައިވާއިރު, އެ މައްސަލައާ ގުޅިގެން ޗީފް މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. މަދަން ލާލް ވިދާޅުވީ, އެ ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި އެކަމުގައި އެއްވެސް މީހެއްގެ އިހުމާލެއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

1 Comment
ގުޅުންހުރި
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި