މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރުކަން ދެއްވައި، ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރައްވަން ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާ ކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ އަންގާރަ ދުވަހު ވަކިކުރެއްވި ފައިސަލް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހިދުމަތް ކުރަން ރައީސް ދެއްވި ފުރުސަތަކީ ލިބުނު މަތިވެރި އުފަލަކާއި ޝަރަފެއް ކަމަށާއި އެއީ އަބަދުވެސް ފަހުރުވެރިވާނެ ކަމެއް ކަމަށެވެ.
އަދި މަގާމުން ވަކިކުރުމާ ހަމައަށް އޭނާއާ ހަވާލުކުރެއްވި މަސައްކަތް އަދާކޮށްފައިވާނީ ޝައުގުވެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަމާޒު ހާސިލުވިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެއީ ދިވެހި ތާރީހުގައި ބޮޑު ކާމިޔާބެއް ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލުވީ ދިވެހި ރައްޔިތުންގެ ފަރާތުން އައި ފާޑުކިޔުން ބަލައިގަނެ، އެއީ ހިތްވަރެއް ކަމުގައި ބަލައިގެން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އަޑު ވެސް އަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލްގެ ބަޔާނުގައި އޭނާ ޓޫރިޒަމާމެދު ގެންގުޅޭ މެދުރާސްތާގެ ތަސައްވަރު ވަނީ ހިއްސާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދައި ބައިނަލްއަގުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް ދަތުރުކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުން ވެސް ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

2 Comments
ގުޅުންހުރި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
މިއަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ނިންމަވައިފި
ސައުދީގެ ”ޕްރިންސް“ އާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި