ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ބަންޑުން ޖަހާލައިފި އެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މީޑިއާތަކަށް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:30 ހާއިރު މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލީ ޕެޗު އަޅާފަ ހުރި ތަނެއް ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެންމެން އެއްފަޅިއަކަށް އެރުމުން ކަމަށެވެ.
ނަމަވެސް ލޯންޗު ބަންޑުން ޖަހާލުމުގެ ކުރިން އޭގައި ތިބި އެންމެން މިލަންދޫން ފޮނުވި ލޯންޗަކަށް ނަގައިގެން ސަލާމަތްކުރި ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ހަތް ކުޑަކުދިންވެސް ތިބި އެ ލޯންޗަކީ އުނގޫފާރު އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މިލަންދޫ ފިރިހެނަކު ދުއްވި ލޯންޗެކެވެ. އަދި އޭގެން ދަތުރުކުރި އެންމެންނަކީވެސް އެއް އާއިލާއެއްގެ ބައެއް ކަމަށާއި އެ މީހުން މިލަންދުއަށް ދިޔައީ ޗުއްޓީއަށް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ހާދިސާގައި ޖިސްމާނީ ގޮތުން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުން އަސަރުކޮށްގެން ހުރުމުން ތިން މީހަކަށް މިލަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ
ތައްޔާރުވަމުން ދިޔައީ އުމްރާއަށް ދާން، މަރުވީ އެކަމުގެ އުފާވެރި ހަބަރާއެކު ރަށަށް
ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ
މާފުށީ ކައިރިއަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ