ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުރަހީމް އަބްދުﷲ ގޭގައި ހުންނެވުމަކުން އަދި އޭނާގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަކުން އެ ދެ ބޭފުޅުންނަށް ހަމްދަރުދީއެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ސަރުކާރަކުން އަދިވެސް ނުބުނެ އެވެ. ފައިސަލް ވަކިކޮށްފައި ވަނިކޮށް އަބްދުއްރަހީމްގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި އޭނާވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމްއާ ދެމެދު އުފެދިގެން އުޅެނީ ”ބައި އެޅުމުގެ މައްސަލައެއް“ ކަމަށެވެ.
”އަޅުގަނޑުގެ ހަމްދަރުދީއެއް ފައިސަލް ވަކިވުމަކުން، އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް. އެއީ ކޮންމެ ބަޔަކުވެސް ކުރާ ކަންކަމުގައި އަޖަލު އެމީހަކާ ބައްދަލުކުރާނެ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ވެސް ނުބެލޭނެ ކަމަށާއި ފުލުހުން ތަހުގީގުކުރަން ފެށުމުން އެ ބޭފުޅުންގެ ފަރާތުން ދައްކާނެ ވާހަކަތައް ހުންނާނެ ކަމަށެވެ.

2 Comments
ގުޅުންހުރި
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން
އަބްދުއްރަހީމަށް އަހަރެއް ތެރޭ މިލިއަނެއްހާ ރުފިޔާގެ ހަދިޔާ ލިބިވަޑައިގެންފި