ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި މިނިސްޓަރަކަށް ތޯރިގު އިބްރާހީމް އައްޔަން ކުރައްވައިފި އެވެ.
އެ ދެ މިނިސްޓްރީ އެއްކޮށްލައްވައި، ޓޫރިޒަމް އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ކަމަށް ތޯރިގު އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ތޯރިގު ވަނީ ހުވާކުރައްވައިފަ އެވެ. އަދި ރައީސް ވަނީ ތޯރިގަށް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލާފައި މިވަނީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.




ގުޅުންހުރި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
މާލޭ ސަރަހައްދުގެ ވައި ނުސާފުވެ، ރަތް އެލާޓުގައި
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް