ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބި ގިނަ މީހުންނަކީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ކަމަށާއި މޮނީޓާ ކުރެވޭނެ ނިޒާމެއް ނެތި އެ މީހުން ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ބޮޑެތި ކުށްވެރިން ބަންދުގައި ބައިތިއްބަން ޖެހެނީ އެ މީހުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށާއި ޝަރީއަތަށް ގެއްލުންތަކެއް ވެދާނެތީ ކަމަށެވެ.
މީގެ ކުރިންވެސް އެފަދަ މީހުން ދޫކޮށްލުމުން އޭގެ ނޭދެވޭ އަސަރު ޝަރީއަތަށާއި މުޖުތަމައުއަށް ކޮށްފައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.
”ގާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓާ ކުރެވިދާނެ. ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓާ ކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަގުސަދު ހާސިލެއް ނުވާނެ. މި ވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން.“ ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ތަހުގީގު ނިންމައި މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށެވެ.

2 Comments
ގުޅުންހުރި
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު ދޫކުރަން ފަށައިފިން: ރައީސް
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ޕީޖީން އެދިގެން ރައުދު ބަންދުން ދޫކޮށްލައިފި
ޓީޗަރަކު، ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ބަލަނީ