ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ފައްޓަވައިދެއްވީ ޑިރެކްޓަރު އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.
އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަންގެ މި އަހަރުގެ އެންމެ ހާއްސަ ކަމަކީ އެ ކުންފުންޏާއެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށެވެ.
އެގޮތުން މި އަހަރުގެ ރޯދަ ސޭލް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓް ތަކުގައި ކުރިއަށްދާނެ އެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.
މި ޕްރޯމަޝަންގައި ނިޕޯން ޕެއިންޓުން 20 ޕަސެންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
މި އަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބޭނެ އެވެ.




ގުޅުންހުރި
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
އެސްޓީއޯއާއި ހިޓާޗީގެ ވަރުގަދަ ގުޅުމަށް 25 އަހަރު ފާހަގަކުރަން ކުލަގަދަ ހަފުލާއެއް