އައިޖީއެމްއެޗް ކައިރީގައި ރޭ ހިންގި މާރާމާރީގައި ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގިކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 8:41 ހާއިރެވެ.
ފުލުހުން ބުނެފައިވާ ގޮތުން އެ މާރާމާރީ ހިންގާފައިވަނީ މަރުތޭލަކުންނެވެ. އަދި ހަމަލާގައި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހުއްޓުވުމަށް އެ ވަގުތު އައިޖީއެމްއެޗް ކައިރީގައި ހުރި ފުލުހަކު މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ފުލުސް މީހާގެ އޮޅަބޮއްޓަށް އަނިޔާވެފައިވާ ކަމަށެވެ.



