ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި މަޝްރޫއެކެވެ. އެ ސަރުކާރުގެ ދައުރު ހަމަވަނިކޮށް، 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ގެޒެޓުކުރި އެވެ. ނަމަވެސް އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އޭސީސީން މައްސަލަ ބަލަން ފަށައި ފްލެޓް ހަވާލުކުރުން ހުއްޓުވި އެވެ. އޭސީސީން މައްސަލަތައް ފާހަގަކޮށް އެކަން އެންގުމުން މި ސަރުކާރުން ވަނީ ފޯމުތައް އަލުން ރިވިއުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ރައީސް މީގެ ކުރިން ވަނީ ރޯދައިގެ ކުރިން ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
”މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލުކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ،“ ރައީސް ވިދާޅުވި އެވެ.

3 Comments
ގުޅުންހުރި
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
ރައީސް މުއިއްޒުގެ ވެރިކަމަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަން:
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
އިދިކޮޅުން ތިބީ ބަނގުރޫޓު ވެދާނެ ކަމަށް އަތްޖަހަން ތައްޔާރަށް، ވެރިކަމަށް ފޫގަޅައިގެން:
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް