ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލަން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދީފައިވާ މައްސަލައެއް ރޭ 23:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މަރާމާރީގައި ހަމަލާ ދޭން ގެންގުޅުނީ ކޯރާޑިއެއް ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހައްޔަރުކުރީ ހައިވޭ މަތިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ:
- ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25އ)
- ބ. ގޮއިދޫ/ ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19އ)
އެޑިޓަރުގެ ނޯޓް: މި މާރާމާރީއާ ގުޅިގެން ބ. ހިތާދޫ/ ސްޓާ، އަބްދުﷲ ޒާހިދު ޒުބައިރު (18އ) ހައްޔަރުކުރި ކަމަށް ކުރިން ލިޔެވިފައިވަނީ ފުލުހުން ހިއްސާކުރި މައުލޫމާތުގެ ކުށަކުންނެވެ.




ގުޅުންހުރި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން
އިންޒާރުދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް