ރާއްޖެއިން ގެއްލުނު އިންޑިއާ ފިރިހެނަކު ނުހޯދިގެން ލަސްވާތީ އެ މައްސަލަ އިންޑިއާ ސުޕްރީމް ކޯޓަށް ހުށަހަޅަން ގެއްލުނު ފިރިހެން މީހާގެ އާއިލާއިން ޕެޓިޝަނެއް އެ ގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސްނޯކްލިންއަށް ގޮސް އުޅުނު އުމުރުން 24 އަހަރުގެ އާފްތާބް ހާން ގެއްލިފައިވަނީ އިފުރު ރިސޯޓް ހިސާބުންނެވެ. އާފްތާބް ގެއްލިގެން ރިޕޯޓްކުރިތާ 12 ދުވަސް ފާއިތުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އާފްތާބްއަކީ ރާއްޖޭގެ ރިޒޯޓެއްގައި މަސައްކަތްކުރި ޝެފެކެވެ.
އަފްތާބުގެ އާއިލާއިން ވަނީ އޭނާގެ ގެއްލިގެން އުޅޭކަން ދިވެހި ފުލުހުން ހާމަކުރިފަހުން އެ މަައްސަލަ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށްވެސް ހުށަހަޅައިފަ އެވެ.
އަފްތާބުގެ އާއިލާއިން ބުނީ އާފްތާބް އާއިލާއަށް އެންމެ ފަހުން ގުޅާފައިވަނީ ޖެނުވަރީ 27 ގެ ދަންވަރު 03:00 ގަ ކަމަށެވެ. އާއިލާއިން ބުނީ އެދުވަހުގެ ހަވީރު 05:30 ގައި އޭނާ މަސައްކަތްކުރަމުން ދިޔަ އިފުރު އައިލެންޑް ރިޒޯޓުން އާއިލާއަށް ގުޅާފައި އޭނާ ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ދިން ކަމަށެވެ.
އަދި ޖެނުވަރީ 31 ގައި އާފްތާބްގެ އާއިލާ ތަމްސީލުކުރާ ގާނޫނީ ވަކީލު ޒީޝާން ހާން ރާއްޖެއަށް އައުމަށްފަހު ވަނީ އިންޑިޔާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ޓީއައިއޯ އަށް މައުލޫމާތު ދީފައެެވެ.
އޭނާއާއި އެއްކޮށް ރާއްޖެ އައި އާފްތާބްގެ އާއިލާ މީހެއް ކަމުގައިވާ މުޖީބް ޚާން ބުނީ އާފްތާބްގެ ފޯނު އާއިލާއާއި ހަވާލުކުރަން އެދުމުން އޮފިޝަލުން ފޯނު ދިނުމަށް އިންކާރުކުރި ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖް ދިނުމަށްވެސް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ޓީއޯއައި އިން ބުނީ ވޯކް ވިސާއެއްގެ ދަށުން އާފްތާބް ރާއްޖެއަށް މަސައްކަތްކުރަން އައީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައި ކަމަށެވެ.




ގުޅުންހުރި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި