ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން އުތުރުގެ ތިން ރަށެއްގެ ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ ތަފުސީލު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިއްސާކޮށްފި އެވެ.
އާރުޑީސީން މިއަދު ބުނީ ތ. ތިމަރަފުށީ ސޯސަން މަގުގައި އަލުން ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި މަގު ކޮނުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި ގއ. ކޮލަމާފުށި ސޯސަން މަގުގައި ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުދެ ދިޔެ ހިނގުމުގައި ލައިޓް ޕޯސްޓްގެ ބިންގާ އެޅުމާއި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އާރުޑީސީން ބުނީ ގއ. ވިލިނގިލީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މުހައްމަދުކަލޭފާނު މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބަރާސީލު މަގުގައި 11 މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.




1 Comment
ގުޅުންހުރި
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް