ކޯރާޑިއަކުން މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހައްޔަރުކުރީ ހައިވޭ މަތިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ:
- ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25އ)
- ބ. ގޮއިދޫ/ ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19އ)
ފުލުހުން ކުރިން ބުނި ގޮތުގައި އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ފަޅިއެއްވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ، އެ މާރާމާރީގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރުސްތުމް ތިން ދުވަހަށް އަދި ސައިފުﷲ ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު