ސިނަމާލެ ހައިވޭގައި މި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓުގައި ހައިވޭ މައްޗަށް ވެއްޓިފައި އޮއްވައި، އޭނާގެ ގައިމަތިން ސައިކަލު ދެވުމުން އެ ސައިކަލު ދުއްވަން އިން މީހާ މަޑުކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހިނގި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖާވިދު ޗައުދަރީ، 30އ. ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ސޯލާ ޕެނަލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލު ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން އޭނާގެ ގައިމަތިން ދިއުމުންނެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން މަރުވި މީހާ ހައިވޭ މައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަ ކަމަށެވެ.
އެހެންކަމުން އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، ލައިސަންސް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
”މި މައްސަލައިގައި ނިޔާވި ފަރާތުގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓް ވުމުން އެތަނުގައި މަޑުކޮށްފައިވެއެވެ. އެ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މިދަނީ މަސައްކަތް ކުރަމުންނެވެ،“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، އެ މައްސަލައިގައި މަރުވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓް ވުމުން އެ ތަނުގައި މަޑުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.




1 Comment
ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު