ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެކްޓަރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށައި އަންނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، އެ ފެކްޓަރީއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ހައްލު ހޯދައިދިނުމަށް ހުރިހާ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ކަނޑުއޮތްގިރި ބަނދަރަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ބޮޑު ކަންނެލި މަސްވެރިންގެ މަސް ކިރުމަށް ޓަކައި ހުޅުމާލެ ބަނދަރު ހަމަޖެއްސުން ކަމަށެވެ. ހުޅުމާލެ ބަނދަރުގައި 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލި މަސްވެރިންނަށް މަސް ޕެކް ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ކަމަށް ޝީޔާމް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އަޅުގަނޑުމެން އިއުލާނުކުރާނަން. އިއުލާނުކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާކުރަނީ މި އަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް،“ ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) މެދުވެރިކޮށް އެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެ މަޝްރޫއަށް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަންނެލި މަސްވެރިން ގަބޫލުކުރާ ގޮތުގައި ކަންނެލި ޕެކް ކުރުމުގެ ފުރުސަތު އެ ފަރާތްތަކައް ލިބިއްޖެނަމަ މިހާރު ކަންނެލި މަސްވެރިން އަތުން ޕްރައިވެޓް ކުންފުނިތަކުން އެ ގަންނަމުންދާ އަގަށް ވުރެ ރަނގަޅު އަގުގައި ކަންނެލި މަސް ގަންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ގުޅުންހުރި
މަސް ކިލޯއެއް 20ރ.އަށް ހަދައިދޭން ރައީސް އަރިހުގައި އެދިއްޖެ
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ރާއްޖޭގެ އުތުރުން ދެކުނަށް ޑައިވްކޮށްގެން ދުނިޔޭގެ އެންމެ ދިގު ޑައިވްގެ ރިކޯޑް
މިފްކޯއިން ޝަރީފް ވަކިކޮށް، މަސްވެރިކަމާ ގުޅޭ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި