ގައުމުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި، މިނިސްޓަރުންނަށް އަދި ރައީސުލްޖުމްޖުމްހޫރިއްޔާއަށް ބާރުތައް ދޭންޖެހޭ ކަމަށެވެ. އިބްރާހިމް ދީދީ ވިދާޅުވީ އެގޮތަށް ދޭ ބާރުތައް ނަހަމަ ގޮތުގައި ހިފާނަމަ އެ ފަރާތްތައް މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.
”.އެ ގެންނަ އިސްލާހުތަކަކީ ބަޔަކަށް ބާރުތަކެއް ލިބިގެން ނާޖާއިޒު ފައިދާ ނަގަންޏާ އެކަން ހުއްޓުވަން އެ މައްސަލަ ބަލަން ވެސް ތިބީ މި މަޖިލީހުން. އަޅުގަނޑުމެން އެކަން ކުރީމަ ފުލުހުންނަށް ބާރު ދިނަސް، ލާހިކެއް ނޫން ފުލުހުންނަށް ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން. ގެންނަންވީ މަޖިލީހަށް. އެ ފުލުސް މީހާ ކަނޑާލެވޭނެ، ވަޒީރު ވެސް ކަނޑާލެވޭނެ މަޖިލީހުން، އެ ކަންކަން ނުބެލެންޏާ،“ ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ އިބްރާހީމް ދީދީ ވިދާޅުވި އެވެ.
”ބާރުތަކެއް ދީގެން މައްސަލައެއް ނުޖެހޭނެ. ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅާ ވަރަށް ބާރު ގައުމު ހިންގަން.“
އިބްރާހިމް ދީދީ ވިދާޅުވީ ޗައިނާއަކީ ކުށް މަދު ގައުމަކަށް ވެފައިވަނީ އެ ގައުމުގެ ކަމާގުޅޭ ފަރާތްތަކައް ހާއްސަ ބާރުތަކެއް ދީފައިވުމުގެ ސަބަބުން ކަމަށެވެ.
މިސާލެއްގެ ގޮތުން ޗައިނާ ނަންގަވައި އިބްރާހީމް ދީދީ ވިދާޅުވީ އެންމެ އަމާން، ކުށް މަދު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފަދަ ބާރުތައް ރައީސަށް ލިބިފައިވާ ގައުމުތައް ކަމަށެވެ.
”ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމުތައް މިތިބީ ދުނިޔޭގެ އެހެން ގައުމުތަކަކީ ވެސް. އެހެންވީމަ ކޮންމެހެން އަޅުގަނޑުމެން ނުޖެހޭ ބަލާކަށެއް. ބައްލަވާ، ތަރައްގީ ރައްޔިތުން ބޭނުންވަނީ. ސުލްހަވެރިކަން ބޭނުންވަނީ. އަމާންކަން ބޭނުންވަނީ،“ އިބްރާހިމް ދީދީ ވިދާޅުވި އެވެ.
”ހުދުމުހުތާރޭ ކިޔަނީ، އެކަމަކު އެ ގައުމުތައް މާ އާމަން، މާ ތަރައްގީ، މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީ ނުހިނގާ މަގުތައް ހެދިފައި އޮތީ. ގައިމު ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ.“

15 Comments
ގުޅުންހުރި
ގައުމުގެ މައްސަލަތައް ހައްލުކުރަން ވަކި މީހެއްގެ މޫނަށް ކަނދުރާ އަކަށް ނުބަލާނަން:
ޝަމީމް މަރާލަން އުޅުނު މައްސަލަ ހައިކޯޓަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު