އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ހިންދޫ ފައްޅިއެއްގެ ތެރެއިން ގެރި މަސް ކަމަށް ބެލެވޭ މަސްކޮޅެއް ފެނުނު މައްސަލަ ހޫނުވި އެވެ. އެހެންވެ އެ މައްސަލައިގައި މުޒާހަރާވެސް ކުރި އެވެ.
އިންޑިއާގެ މެޖޯރިޓީ ހިންދޫ ދީނުގައި ގެރިއަކީ މާތްވެގެންވާ އެއްޗަކަށްވާތީ ފުލުހުންވެސް އެކަމަށް އަވަހަށް އެޓެންޑުވެ ތަހުގީގު ފެށި އެވެ. އެގޮތުން ފުލުހުން ފައްޅިއަށް ގޮސް ބެލި ބެލުމުން އެތަނުން ފެނުނީ ކަންބަޅިއެއްގެ މަސްކޮޅެއްކަން ދެނެގަތެވެ.
އެވަރަކުން ދުލެއް ނުކުރި އެވެ. ފައްޅި ތެރެއަށް މަސްކޮޅެއް އެއްލި މީހަކު ހޯދަން ފުލުހުންގެ ހަތަރު ޓީމަކުން ސީސީޓީވީ ފުޓޭޖު އެނަލައިޒް ކުރަންވެސް ފެށި އެވެ. ނަމަވެސް ފުޓޭޖުތައް ބަލައިގެންވެސް އެކަން ކުރި މީހަކު ނުފެނުނެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން އެ މަސްކޮޅު ފައްޅި ތެރެއަށް ގެންދިޔައީ ބުޅަލެކެވެ. އަދި އެ ބުޅާ މަސްކޮޅު ހިފައިގެން ގެންގޮސް ބުދުގެ ފަހަތުގައި ބަހައްޓާތަންވެސް ފެނެ އެވެ. އެހެންވެ އެ މައްސަލައިގައި ބުޅާ ކުށްވެރިކޮށް ތަހުގީގު ނިންމާލި އެވެ.
ނަމަވެސް އެ މައްސަލައަށްފަހު ފުލުހުން ވަނީ ދޮގު ހަބަރު ފެތުރުމާއި ހަގީގަތް ނޭނގޭ ވާހަކަ ނުފެތުރުމަށް އެ ސިޓީގެ ރައްޔިތުންގެ ކައިރީގައި އެދިފަ އެވެ.




4 Comments
ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ