މިއަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވަނިކޮށް ދެވަނަ ވިސްނުމަކަށް ދިޔުމަށް ވިސްނަމުންދާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަމަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބޮޗޭ ހުށަހެޅުއްވީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލާ ގޮތަށެވެ.
އެ ހުށަހެޅުމުގައި އިތުރަށްވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ހުށަހެޅުންތަކެއް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
ފަލާހު މިއަދު ވިދާޅުވީ ރޯދަ މަހު ޗުއްޓީއަށް ދާން ވިސްނީ، ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށްވެފައި، އެ ދުވަސްތަކުގައި މަޖިލިސް ވެސް ބަންދުވާނެތީ ކަމަށެވެ. އަދި އޭގެ ކުރިން އެ މަހު މަސައްކަތްކުރަން ޖެހޭ ވަގުތު މަދުވެފައި، މަސައްކަތްކުރަން ލިބޭ ދުވަސްތައް ވެސް މަދުވުމުން ކަމަށެވެ. ނަމަވެސް އެކަމާދު އާންމުންގެ ކަންބޮޑުވުން ހުރުމުން ދެވަނަ ވިސްނުމަކަށް ދާން ވިސްނަމުންދާ ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ ދައުުރުގައި ވީހާވެސް ގިނަ މަސައްކަތް ކުރަން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ ފުލްކޮށް މަސައްކަތް ކުރެވޭ މަހެއް ރޯދަ މަހުގެ ބަދަލުގައި ނަގަން މަސައްކަތް ކުރެވޭ ވަގުތު ކުޑަވީމަ. ވަގުތާއި ދުވަހާ ކުޑަވީމަ“ ފަލާހު ވިދާޅުވި އެވެ.
”އެކަމަކު މިހާރު ރައްޔިތުންގެ ކަންބޮޑުވުން ހުރީމަ އަޅުގަނޑުމެން ވިސްނަނީ މި އެޔާ ދޭތެރޭ ކިހިނެއްތޯ އަޅުގަނޑުމެން އަމަލު ކުރާނީ، އަޅުގަނޑުމެންނަށް ވެސް މާ ރަނގަޅު ރޯދަ މަހު މަސައްކަތް ކޮށްފައި އަޅުގަނޑުމެންނަށް ފުލް ޗުއްޓީ މަހެއްގައި ޗުއްޓީ ނަގަން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ނިންމާނީ ރޯދަ މަސް މިހާރު މި އޮތް ގޮތަށް އޭގެ ޒާތުގައި މަޖިލިސް ޗުއްޓީ ހުރި ގޮތަށް ކުރިއަށް ގެންދަން ކަންނޭނގެ،“
ފަލާހު ވިދާޅުވީ ރޯދަމަހު ވެސް އަދި އެ ނޫން ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުންނަކީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބައެއް ކަމަށެވެ.


3 Comments
ގުޅުންހުރި
ދިގު ކިއުގައި ނުޖެހުނަސް ހުރިހާ ގެއަކަށް މަސްދަޅު ލިބޭނެ: އާދަމް ޝަރީފު
ރޯދަމަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފާފަތަކުން ދުރުވެ ތައުބާވުން
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: