ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން 130 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ވައްކަން ކޮށްފައިވަނީ މިއަދު ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.



