މި އަހަރުގެ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ ކުރިއެކޭ އެއްގޮތަށް ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ކަނޑައަޅާފައި ވަނީ 2022 މާޗު 6 ގައި ކަމަށެވެ. އެހެންކަމުން އެދުވަސްތަކުގައި އޮފީސްތަކުގެ ރަސްމީ ގަޑިތައް އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހެވެ.
ރޯދަމަހުގައި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުންނާއި އަޅުކަން ކުރުމަށް އެންމެންނަށް ވީހާވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ކޮންމެ ރޯދަމަހެއްގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
މޯލްޑިވްސް އެކްސްޕޯގައި 275 ވަނައެއް ހޮވައި އިނާމު ދީފި، ރަން ވަނަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު
ރައީސް އޮފީހުން ހަލާކުވެފައިވާ އޭސީތަކަކާއި ހޮޅިތަކެއް ނީލަމުގައި ވިއްކާލަނީ